Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

އައްޑޫގެ 33 މިސްކިތެއްގައި ތަރާވީސް ކުރޭ

ހިތަދޫގެ މިސްކިތެއް. ފޮޓޯ/ އަލީ ނާސިރު

މި ރޯދަ މަހު އައްޑޫގެ 33 މިސްކިތެއްގައި ހިފުޒުކޮށް، ތަރާވީހު ނަމާދުކުރާ ކަމަށް ކައުންސިލުން ބުނެފި އެވެ.

އެތަނުން ބުނީ މި މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫގެ 17 މިސްކިތަކާއި ފޭދޫގެ ހަތް މިސްކިތަކާއި މަރަދު އާއި މީދޫން ކޮންމެ އަވަށަކުން ތިން މިސްކުތެއްގެ އާއި ހުޅުދޫން ދެ މިސްކިތެއްގެ އިތުރުން މަރަދޫފޭދޫން އެއް މިސްކިތުގަ އެވެ.

އައްޑޫގެ މިސްކިތްތަކުގައި ހިފުޒުކޮށް ތަރާވީހު ނަމާދުވެ ކުރަނީ ދިވެހި އަދި ބިދޭސީ ހާފިޒުންނެވެ. ބިދޭސީ ހާފިޒުން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން، އިންޑިއާ، ސްރީ ލަންކާ އަދި ބަންގްލަދޭޝް އެވެ.

އައްޑޫގައި މިހާރު ނަމާދުކުރާ 68 މިސްކިތް ހުރެ އެވެ.