އދ. ގެ ރީޖަނަލް ކަމިޝަންސްގެ ނިއުޔޯކް އޮފީހުގެ ޑިރެކްޓަރަކަށް އދ. ގައި ކުރިން ހުންނެވި ރާއްޖޭގެ ސަފީރު ތިލްމީޒާ ހުސައިން ހަމަޖައްސައިފި އެވެ.
އޭނަ އެ މަގާމަށް ހަމަޖެއްސީ މި މަހުގެ 4 ގަ އެވެ.
އދ. ގެ ނޭޝަންސް ރީޖަނަލް ކަމިޝަންސް ނިއުޔޯކް އޮފީހަކީ އެތަނުގެ ސަރަހައްދީ ފަސް އޮފީހެއް ވިލަރެސްކުރާ މައި އޮފީހެވެ.
ތިލްމީޒާ ކުރިން ހުންނެވީ ރާއްޖެ އިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމުގައެވެ. އަދި 2019 އިން ފެށިގެން އޭނަ ހުންނެވީ ރާއްޖެއިން އެމެރިކާއަށާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. ތިލްމީޒާ ވަނީ 2021-2022 އަށް އދ. ގެ ޖެނެރަލް އެސެމްބްލީ އަށް ރައީސް ކަނޑައަޅުއްވާ ހާއްސަ މަންދޫބުގެ މަގާ މުވެސް އަދާކުރަށްވާފައެވެ. އަދި 2009-2012 އަށް ތިލްމީޒާ ހުންނެވީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބުގެ މަގާމުގަ އެވެ.
އޭނަ އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. ތިލްމީޒާ އަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރުން އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިންގެ އާއިލީ ބޭފުޅެކެވެ.