Last Updated: November 23, 05:52
Saturday, November 23, 2024
ރިޕޯޓް

ރޯދަ ރަހަ: ޑޯނަޓް

* ބޭނުންވާ ތަކެތި:

4 ޖޯޑު ފުށް
2 ސައިސަމުސާ ބޭކިން ޕައުޑަރު
2 ބިސް
2/3 ޖޯޑު ކިރު
1/2 ސައިސަމޔސާ ލޮނު
11/4 ޖޯޑު ހަކުރު
1 ސައިސަަމުސާ ވެނީލާ އެސެންސް
1/4 ޖޯޑު ބަޓަރު
ތެޔޮ

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ފުށާއި ބޭކިން ޕައުޑަރާއި ލޮނު އެއްކޮށްލާށެވެ. އެއަށް ފަހު ބިހާއި ހަކުރު އަދި ވެނީލާ އެސެންސް އެއްކޮށްލާށެވެ. ދެން ބަޓަރުކޮޅު މެލްޓްކޮށްލާފައި ހުރިހާ ތަކެތި އެއްކޮށް މޮޑެލާށެވެ.
އެއްކޮށްލުމަށް ފަހު ދެ ގަޑިއިރު ވަންދެން ފުށްގަނޑު ކަވަރުކޮށްފައި ބަހައްޓާށެވެ. އޭގެ ފަހުން ޑޯނަޓް ބައްޓަމަށް ހަދައިފައި ތެލުލާނީ އެވެ.

ޑޯނަޓްތައް ހިހޫވުމުން މަތީގައި ހާކާލަން ބޭނުންވާ ކްރީމް ހާކާލާށެވެ. ބޭނުން ނަމަ ޗޮކްލެޓް މެލްޓް ކުރުމަށް ފަހު ވެސް ހާކާލެވިދާނެ އެވެ.