Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް

ހިތަދޫގައި މިއަދު ހަވީރު ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ހިތަދޫ އައިސް ޑިލައިޓް ރެސްޓޯރަންޓް ހިސާބުގަނޑުގައި ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރޭގައި 16 އަހަރުގެ ދެ ކުދިން ވެސް ހިމެނެ އެވެ.

10408583_458379264320820_7358348470315486746_n

GJHKJ (2)

ދެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު މި ހާދިސާގައި އެކްސިޑެންޓްވި ތިން މީހުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

11096576_928952923822822_4097682676586212019_n

GJHKJ (3)

GJHKJ (4)

klj

އެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އެކަމަކު އެ މީހުންނާ ބެހޭ ތަފުސީލެއް އަދި ނުލިބެ އެވެ.

އެކަމަކު އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ އަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް އެނގިފައިވެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ލިންކް ރޯޑްގެ އިރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ދެކުނުން އުތުރަށް ދުއްވާފައިދިޔަ ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓް ހިނގި އިރު އެއް ސައިކަލް ދުއްވަމުން ދިޔައީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. އަދި އެކްސިޑެންޓްވި ދެ ވަނަ ސައިކަލް ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެކެވެ.

މި އެކްސިޑެންޓްގައި ޒަޚަމްވި 16 އަހަރުގެ އަންހެން ކުއްޖާ އިނީ 18 އަހަރުގެ މީހާ ދުއްވި ސައިކަލްގެ ފަހަތުގަ އެވެ.

ފުލުހުން އަދި ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.