* ބޭނުންވާ ތަކެތި:
2 ޖޯޑު ޕާސްޓާ
4 ލޮނުމެދު
2 ހިކިމިރުސް
4 ޖޯޑު ފެން
2 މޭޒުމަތީސަމުސާ އޮލިވް އޮއިލް
10 ހިކަނދިފަތް
4 ޗީޒް ފޮތި
* ތައްޔާރު ކުރާނެ ގޮތް:
ތެއްޔަކަށް ފެން އަޅައި ބޮކި ޖަހައި ކެކެންދެން އުނދުން މަތީގައި އުދާފައި ބަހައްޓާށެވެ. ފެންގަނޑު ކެކިގަތުމުން ޕާސްޓާ، ލޮނު އަދި އޮލިވް އޮއިލް އޭގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާފައި ކެކެންދެން ބަހައްޓާށެވެ. ޕާސްޓާ ކެކެން 10-15 މިނެޓް ނަގާނެއެވެ.
ޕާސްޓާކޮޅު ކެކެމުން ދާއިރު އެހެން ތަކެތި ކޮށާލާށެވެ. ލޮނުމެދާއި، ހިކަނދިފަތް އަދި މިރުސް ކޮށާނީ ކުދިކޮށް ތުނިކޮށެވެ. ޕާސްޓާކޮޅު ކެކުނީމައި، ފުރާނާލަފައި އެއްޗަކަށް އަޅައި ބަހައްޓާށެވެ. ޕާސްޓާ ކެއްކި ފެންގަނޑުގެ ޖޯޑެއްހާ އެތިކޮޅެއް ވެސް ނަގާފައި ވަކިން ބަހައްޓާށެވެ.
ދެން މޭޒުމަތީ ސަމުސަލެއްގެ ތެޔޮފޮދެއްގައި މަޑު ގިނީގައި ލޮނުމެދުކޮޅާއި ހިކަނދިފަތް އަދި މިރުސްކޮޅު ފަސް ވަރަކަށް މިނެޓުވަންދެން މީރުކޮށްލާށެވެ. ދެން ޕާސްޓާކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. މާ ހިކިހެން ހީވާނަމަ ކުރިން ރައްކާކުރި ފެންކޮޅުގެ ކުޑައެތިކޮޅެއް އޭގެ ތެރެއަށް އަޅާލާށެވެ.
ދެން ރަނގަޅަށް އެއްކޮށްލާފައި އެއްވުމުން، ޗީޒް ފޮތިތައް އެޅުމަށް ފަހު އަނެއްކާ ވެސް އެއްކޮށްލާނީ އެވެ.
ބޭނުން ނަމަ ރަހަ އިތުރަށް ރަނގަޅުކޮށްލަން މީގެ ތެރެއަށް މަސްދަޅެއް ވެސް އަޅާލެވިދާނެ އެވެ. އަދި ސްޕިނެޗްކޮޅަކާއި ފަތް ސަން ޑްރައިޑް ޓޮމާޓޯޅެއް ބޭނުން ކޮށްލެވިދާނެ އެވެ.