އުރީދޫގެ މި އަހަރުގެ ފުރަތަމަ ކޮމިއުނިޓީ ރޯދަ ވީއްލުން ބާއްވައިފި އެވެ.
އެ ކުންފުނިން ބުނީ ހުކުރު މާލޭގެ ސަލްމާން މިސްކިތުގައި އިއްޔެ ބޭއްވި ރޯދަވީއްލުމުގައި 200 އަށްވު ރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ. މި ކޮމިއުނިޓީ ރޯދަވީއްލުމުގެ މަގުސަދަކީ ގިނަ ބަޔަކަށް އެއް ސުފުރާ މަތީގައި ހިތްހަމަޖެހިގެން ރޯދަ ވީއްލުމުގެ ފުރުސަތު ހޯދައި ދިނުމެވެ.
އުރީދޫން ބުނީ އާއިލާތަކާ ދުރުގައި ދިރިއުޅޭ މީހުންނަކީ ވެސް މުޖުތަމައުގެ މުހިންމު ބައެއްކަން އެ މީހުންނަށް ހަނދާންކޮށް ދިނުމަކީ ވެސް ކޮމިއުނިޓީ ރޯދަ ވީއްލުން ބޭއްވުމުގެ މުހިއްމު މަގްސަދެއް ކަމަށެވެ.
ރޯދަ މަހު ބާއްވާ ކޮމިއުނިޓީ ރޯދަ ވީއްލުން އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގައި ސަލްމާން މިސްކިތުގަ އެވެ. މީގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމށް އުރީދޫން ބުންޏެވެ.