Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

"ސީރިިއަސްވި" ދެ ޒުވާނުން މާލެ ފުރުވާލަނީ

މިއަދު ހަވީރު އިރު އޮއްސެން އުޅެނިކޮށް ހިތަދޫގައި ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވި ދެ ޒުވާނުން އިތުރު ފަރުވާ އަށް މާލެ ފޮނުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ބުނެފި އެވެ.

ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި ހިތަދޫ ސޭވާ މުހައްމަދު އަޔާދު، 16، އާއި ހިތަދޫ މެރިން ގޮލްޑްއާގޭ، ސައިފްﷲ އަލީ، 18، ފުރުވާލަން ތައްޔާރުވަމުން ދިޔަ ނަމަވެސް އަދި ފްލައިޓުން ޖާގައެއް ލިބޭ ގޮތެއް ނުވާ ކަމަށެވެ.

އެހެން ނަމަވެސް ޖާގައެއް މޯލްޑިވިއަންގެ ފްލައިޓަކުން ލިބުނުހާ އަވަހަކަށް އެ ދެ މީހުން ފުރުވައިލާނެ ކަަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިއަދު ހނގި އެކްސިޑެންޓްގައި އަޔާދުގެ ބޯ ފަޅައިގެން ގޮސް މޫނުމަތި ވެސް ވަރަށް ބޮޑަށް ޒަހަމްވެ ގިނަ އަދަދަކަށް ލޭފައިބާފައިވެ އެވެ. އޭނާ އަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.

GJHKJ (2)

މި ހާދިސާގައި ސައިފްﷲގެ ބޮލަށް ވެސް އަނިޔާވެ، އަނގައިން ލޭ ފައިބާފައިވެ އެވެ.

GJHKJ (3)

"އައިސް ޑިލައިޓް" ކައިރީގައި ހިނގި މި އެކްސިޑެންޓްގައި އަންހެން ކުއްޖަކަށް ވެސް އަނިޔާވި އެވެ. އެކަމަކު ގއ. މާމެންދޫ މެރީންކޯޒް މައިހާ އަބްދުއްރައްޒާގް 16، އަށް ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.