Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

އަޔާދު މަރުވެއްޖެ

އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވި އަޔާދު ބިންމައްޗަށް ވެއްޓިފައި. ފޮޓޯ/ ކިއުންތެރިއެއް

ހިތަދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު ހިތަދޫ ސޭވާ މުހައްމަދު އަޔާދު އަލީ، 16، ދާދި ދެންމެއަކު މަރުވެއްޖެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، އޭނާ މަރުވީ އިތުރު ފަރުވާ މާލެ ގެންދަން އުޅުމުން ހާލު ސީރިއަސްކަމުން މާލެ ވެސް ނުގެންދެވި ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ހޮސްޕިޓަލުން ބުނި އަޔާދުގެ ބޯ ފަޅައިގެން ގޮސް، ސިކުނޑި އަށް ވެސް ލޭ އެޅިފައިވާ ކަމަށެވެ. އޭނާގެ މޫނުމައްޗަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި އެވެ.

ދެ ސަައިކަލް ޖެހިގެން ހިތަދޫ ލިންކް ރޯޑްގައި ހަވީރު ހިނގި އެކްސިޑެންޓްގައި އިތުރު ދެ ޒުވާނަކަށް ވެސް އަނިޔާވި އެވެ.

އެއީ ހިތަދޫ މެރިން ގޮލްޑްއާގޭ، ސައިފްﷲ އަލީ، 18 އާއި ގއ. މާމެންދޫ މެރިންކޯޒް މައިހާ އަބްދުއްރައްޒާގް 16، އެވެ.

މި ދެ ޒުވާނުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، މިރޭ ވަނީ މާލެ ފުރުވާލައިފަ އެވެ.