އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ސަރުކާރުގެ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އައްޑޫގެ އަވަށު އޮފީސްތަކުން ހާމަކޮށްފިއެވެ.
ކޮންމެ ގޭބީސީއަކަށް މިއަހަރު ރަމަޟާން މަހު ރޯދަ ހަދިޔާ ދިނުމަށް ނިންމާފައިވާކަން ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑުލާއި، 10 ކިލޯގެ ފުށް ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން ކާޑު ބަލައި ވަޑައިގަންނަވާ ކޮންމެ ފަރާތްތަކުންވެސް އައިޑީ ކާޑާއިގެން ވަޑައިގަތުމުން ކާޑު އެ ގޭބީސީއަކަށް ދޫކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް އަވަށު އޮފީސްތަކުން ހާމަކުރެއެވެ.
ކާޑު ދޫކުރާ ގަޑިއާއި ތަން:
ހިތަދޫ
- ތަން: ކުރީގެ ހިތަދޫ އަވަށު އޮފީސް އިމާރާތް
- ދުވަސް: މާރިޗު 19 އިން ފެށިގެން މާރިޗު 24 އަށް
- ގަޑި: ހެނދުނު 10:00 އިން މެންދުރުފަހު 15:00 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށް
މަރަދޫ
- ތަން: މަރަދޫ ބޮނޑޮގެ
- ދުވަސް: މާރިޗު 20 އިން ފެށިގެން މާރިޗު 21 އަށް
- ގަޑި: ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް
މަރަދޫ-ފޭދޫ
- ތަން: މަރަދޫފޭދޫ އަވަށު އޮފީސް
- ދުވަސް: މާރިޗު 19 އިން ފެށިގެން މާރިޗު 21 އަށް
- ގަޑި: ހެނދުނު 10:00 އިން މެންދުރުފަހު 13:00 އަށް އަދި ރޭގަނޑު 21:00 އިން 22:00 އަށް
ފޭދޫ
- ތަން: ކޮރޯނާ ބުކްޝޮޕް، ފޭދޫ އެސްޓީއޯ ކަންމަތިން
- ދުވަސް: މާރިޗު 19 އިން ފެށިގެން މާރިޗު 21 އަށް
- ގަޑި: ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށް
އަވަށު އޮފީސްތަކުން ކާޑު ދޫކުރުމުގެ އިންތިޒާމު ހަމަޖައްސައި އިއުލާންކޮށްފައިވާއިރު، މިހާތަނަށް އައްޑޫސިޓީ މީދޫ އަދި ހުޅުދޫ އަވަށު އޮފީހުން ކާޑު ދޫކުރާނެ ތާރީޙެއް އަދި ގަޑިއެއް އިއުލާން ކޮށްފައި ނުވެއެވެ. އައްޑޫސިޓީ ކައުންސިލުން ވަނީ ކާޑު ގުދަންކުރެވުނުހާ އަވަހަށް ކާޑު ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުނެފައެވެ.