ވެރި ރަށް މާލެ ފިޔަވައި ރާއްޖޭގައި ރަސްމީކޮށް ޓްރެފިކް ޕޮލިހުންގެ ހިދްމަތް ދޭން އައްޑޫ ސިޓީގައި މިވަގުތު ޓްރެފިކް ޕޮލިހުގައި މަސައްކަތް ކުރާނެ އެއްވެސް ފުލުހަކު ނެތްކަމަށް "އައްޑޫ ލައިވަ" ށް މައުލޫމާތު ލިބިއްޖެ އެވެ.
ހިތަދޫ ޕޮލިހުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫ ލައިވަ'ށް މައުލޫމާތު ދެމުން ބުނިގޮތުގައި އައްޑޫގައި ޓްރެފިކް ޕޮލިހުންގެ ޙިދުމަތް ތަޢާރަފްކުރި އިރު އެ ޑީޕާޓްމަންޓަށް ޚާއްސަކޮށް 8 ފުލުހަކު ކަނޑައެޅި ކަމަށާއި ނަމަވެސް ތަފާތު އެހެން ޑިއުޓީ ތައް އެ ފުލުހުންނާއި ހަވާލު ކުރުމުން މިވަގުތު ޓްރެފިކް ޕޮލިހުގައި މަސައްކަތް ކުރާނެ ފުލުހަކު ނެތް ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އަައްޑޫގައި ރަސްމީކޮށް ޓްރެފިކް ޕޮލިހުންގެ ހިދްމަތް ތަޢާރަފް ކުރެއްވި ރަސްމިއްޔާތުގައި ހެޑް އޮފް ޑިވިޝަނަލް އޮޕަރޭޝަންސް އެސިސްޓެންޓް ކަމިޝްނާ އޮފް ޕޮލިސް އަލީ ރަޝީދު ވިދާޅުވެފައި ވަނީ ޓެރެފިކް ޕޮލިހުންގެ ހިދްމަތަކީ އައްޑޫގެ ރައްޔިތުންނަށް އަމާން ކަން ފޯރުކޮސް ދިނުމަށް ކޮށާލެވޭ މަގެއް ކަމަށާއި އަދި މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނަ ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫގައި ކަން ފާހަނގަ ކޮށް އެކަންކަން ހައްލު ކުރުމަށް ޕްރޮފެޝަނަލް ގޮތެއްގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީން ކަން ދެއްވާ ކަމަށެވެ.
ފުލުހުންގެ ފަރާތުން އެ ދުވަހު އެޔަޤީންކަން ދެއްވި ނަމަވެސް އައްޑޫގެ ގިނަ ރައްޔިތުން ބުނާގޮތުގައި އައްޑޫގައި ހުރީ ހަމަ އެކަނި ޓްރެފިކް ޕޮލިހުގެ 'ނަން ބޯޑެއް' ކަމަށާއި ފުލުހުންގެ ދައުރު ރަނގަޅަށް އަދާ ނުކުރެވެއެވެ.
އައްޑޫގައި ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ އެކު، މަގުތަކަކީ ފެންވަރު ރަނގަޅު މަގުތަކެއްގެ ގޮތުގައި ދެމެހެއްޓުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދާދި ފަހުން ވަނީ ސާވޭއެއް ވެސް ކޮށްފައެވެ. އަދި މި ސާވޭ އާއި ބެހޭ މައުލޫމާތު އައްޑޫ ސިޓީ ކައުންސިލާއި ވެސް ވަނީ ހިއްސާކޮށްފައެވެ.