ސައުދީ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އަޅަން ފައިނޭންސް އެގެރިމެންޓެއްގައި ސޮއިކޮށްފި އެވެ.
ހައުސިން މިނިސްްޓްރީން ބުނީ މި މަޝްރޫޢަށް ޕުރޮޖެކްޓު މެނޭޖުމަންޓް ކޮންސަލްޓެންޓެއް ނެގުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާ ވެސް ކޮށްފައިވާ ކަމަށެވެ. މި މަޝްރޫއަކީ ސައުދީ ފަންޑު ފޯ ޑިވޮލޮޕްމެންޓް (އެސްއެފްޑީ) ގެ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް މި މަޝްރޫއާ ގުޅޭ އިތުރު ތަފުސީލުތަކެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.