ވިލިމާލޭގައި ހަދަން ނިންމާފައިވާ ޓާޝިއަރީ ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ރައީސްޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާންމުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަން މިހާރު ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ރައީސް ވިދާޅުވީ ވިލިމާލޭގެ އާ ހޮސްޕިޓަލް މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އެ މަޝްރޫއަށް އެހީވާ ޗައިނާގެ ކަމާބެހޭ އިދާރާގެ ބޭފުޅުންނާއި ހެލްތު މިނިސްޓަރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ގުޅިގެން ޑިޒައިނިން އާއި ޓެކްނިކަލް މަސައްކަތްތައް ކަމަށެވެ.
ރައީސްގެ ޖަވާބު
22 މާރިޗް 2024މާލެ ސިޓީ، ވ.ފަޒީލާމަންޒިލް، އަޙުމަދު ޝިފާން، ވިލިމާލެ ހަސްފަތާލުގައި ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުން އެދި ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/YrhY7xN8eM
— Government of Maldives (@governmentmv) March 22, 2024
"އެ ހޮސްޕިޓަލަށް ބިން ވެސް ކަނޑައަޅާފައި މިހާރު އޮތީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ވިލިމާލޭގެ ސިއްހީ ހިދުމަތް ރަނގަޅުކުރުމަކީ ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށާއި މިހާރު ހައްލު ނުވެ ހުރި މައްސަލަތައް ހައްލު ކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ. އެގޮތުން 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.