ސުވަރުގޭގެ އެންމެ މަތީ ދަރަޖަ އަލްފިރުދައުސްގެ ވާރިސުންގެ ސިފަތަކަކީ މި އެވެ.
* އީމާންކަން
* ސާލިޙު ޢަމަލުތައް ކުރުން
* ނަމާދުގައި ޚުޝޫޢަތްތެރިވުން
* ބޭކާރު ވާހަކަތަކާއި ކަންތައްތަކުން ދުރުހެލިވުން
* ޒަކާތްދިނުން (ޒަކާތް ވާޖިބުވާމީހުން)
* ލަދުވެތި ގުނަވަނަށް ރައްކާތެރިވުން
* އަމާނާތްތަކާއި، ޢަހުދުތަކަށް ރައްކާތެރިވުން
* ނަމާދުތަކަށް ރައްކާތެރިވުން
ބާއްޖަވެރިކަމުގެ 3 ތަޅުދަނޑިި:
1. ނިޢުމަތްތަކަށް ޝުކުރުވެރިވުން
2. މުޞީބާތްތަކަށް ކެތްތެރިވުން
3. ފާފަތަކުން ތައުބާވުން
އީމާންކަން ސައްޙަ ވާނީ:
1. ހިތުން ތެދުކޮށް ޔަޤީންކޮށް ޤަބޫލުކޮށްގެން
2. ދުލުން އެކަން ބަޔާންކޮށްގެން
3. ގުނަވަންތަކުން އެޔާއި އެއްގޮތަށް ޢަމަލުކޮށްގެން
މިއިން އެއްވެސް ބައެއް އުނިވެއްޖެ ނަމަ އީމާންކަން ސައްޙައެއް ނުވާނެ އެވެ.
ނޯޓް: މައުލޫމާތު، ޝެއިހް އަހުމަދު ރިމާޒް