Last Updated: November 28, 04:25
Thursday, November 28, 2024
ޚަބަރު

ކަރަންޓްގައި ޖެހުނު މީހާ މަރުވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނިކޮށް ކަރަންޓްގައި ޖެހުނު މީހާ މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވީ ހއ. ހޯރަފުށީ ފްރެންޒީ ހުސެއިން ޝިފާއު، 27، އެވެ. އޭނަގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައި އޮންނާނެ އެވެ.

ޝިފާއު ކަރަންޓްގައި ޖެހުނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ޓްރާންސްފޯމަރުން ވައްކަން ކުރަނިކޮށް ކަރަންޓްގައި ޖެހިގެން މީހަކު މަރުވެފައި މި ވަނީ ޓްރާންސްފޯމަރުތަކުން ވައްކަންކުރާ މައްސަލަ ބޮޑުވެ، މިކަން ކަމާބެހޭ އިދާރާތަކަށް ވެސް ސްޓެލްކޯ އިން ހުށަހަޅާފައި ވަނިކޮށެވެ.