ކުރިއަށް އޮތް ދިރާސީ އާ އަހަރަށް އައްޑޫ މަރަދޫ އިރުޝާދިއްޔާ ސްކޫލަށް ދަރިވަރުން ވައްދަން ފުރުސަތު ހުޅުވާލައިފި އެވެ.
އެ ސްކޫލުން ބުނީ 2024-2025 އަށް ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ދަރިވަރުން ވައްދަން ފުރުސަތު އޮންނާނެ ކަމަށެވެ. އިރުޝާދިއްޔާ ސްކޫލަށް ދަރިވަރުން ވައްދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ މި މަހުގެ 28 ގެ މެންދުރު ފަހު 1:00 ގެ ކުރިންނެވެ.
މިކަމަށް އެދޭ ފޯމް އޮންލައިންކޮށް https://docs.google.com/forms/d/e/1FAIpQLSfpwVa0cCFOihVW8lgrh4l_UO9cb-qb9Oiq7HYSoiR_tt2UPA/viewform ވެސް ހުށަހެޅޭނެ އެވެ. ފޯމާ އެކީ ދަރިވަރާއި ބެލެނިވެރިޔާގެ އައިޑީ ކާޑު ކޮޕީ އާއި ވެކްސިން ކާޑު ހުށަހަޅަން ޖެހޭނެ އެވެ.