ސަރުކާރުން ރާއްޖޭގެ ހުރިހާ ގޭބީސީއަކަށް ބެހުމަށް ނިންމާފައިވާ 10 ކިލޯގެ ހަނޑުލާއި 10 ކިލޯގެ ފުށް އައްޑޫގެ ވަކިން އޮންނަ ދެ އަވަށް ކަމަށްވާ ހުޅުދޫ-މީދޫގައި މިހަފްތަގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އައްޑޫސިޓީ ކައުންސިލުގެ ދަށުން ހިންގާ މީދޫ އަދި ހުޅުދޫ އަވަށު އޮފީހުން މިކަން ހާމަކޮށް ކޮށްފައިވާ އިއުލާނުގައި މިތަކެތި އެ ދެ އަވަށުގެ ކަނޑައެޅިފައިވާ ސަރަހައްދުތަކުން ދޫކުރާނެ ކަމަށެވެ.
މީދޫ
- ތަން: މީދޫ އަވަށު އޮފީސް
- ދުވަސް: މާރިޗު 24 އިން ފެށިގެން މާރިޗު 30 އަށް
- ގަޑި: ހެނދުނު 09:30 އިން މެންދުރުފަހު 14:30 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށް
ހުޅުދޫ
- ތަން: ހުޅުދޫ ސްކޫލު
- ދުވަސް: މާރިޗު 24 އިން ފެށިގެން މާރިޗު 21 އަށް
- ގަޑި: ހެނދުނު 10:00 އިން މެންދުރުފަހު 14:30 އަށް
ކާޑު ބަލައި ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑާއި އެކު ވަޑައިގަތުމަށް އަވަށު އޮފީސްތަކުން ވަނީ އަންގާފައެވެ. އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކުން މިއަދުގެ ނިޔަލަށް ވަނީ ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދިން ކާޑު ބަހާފައެވެ.