މާލޭގެ ދަރުމަވަންތަ މިސްކިތުގައި ހުރި ދެ ފަންކާއެއް ވަގަށް ގެންގޮސްފި އެެވެ.
މާޅޭ ކައުންސިލުން ބުނީ އެ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ގެންދިޔައީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހަށް ވެސް ހުށަހަޅައިފަ އެވެ.
މިސްކިތަކުން ފަންކާތަކެއް ވަގަށް ނެގި އިރު، މި ރޯދަ މަހުގެ ތެރޭގައި މާލޭގެ ދެ މިސްކިތެއްގައި އަންހެނުންގެ ވުޟޫކުރާ ބަޔަށް ވެސް ބަޔަކު ގެއްލުން ދީފައިވެ އެވެ. އަދި ގެއްލުންތައް ކައުންސިލުން މިހާރު ވަނީ މަރާމާތުކޮށްފަ އެވެ.
މީގެ ކުރިން ވެސް މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ.