ހޯމް މިނިސްޓަރު އަލީ އިހުސާން ކުރީގެ ޕޮލިސް ކޮމިޝަނަރުން އަދި ޑެޕިއުޓީ ކޮމިޝަނަރުންނާއި ބައްދަލުކުރައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ކޮމިޝަނަރުން އަދި ޑެޕިއުޓީ ކޮމިޝަނަރުންނާއި ހޯމް މިނިސްޓަރު އިހުސާން ބައްދަލުކުރައްވާފައިވަނީ ރޭގެ ވަގުތެއްގައި ފުލުހުންގެ މައި އިދާރާގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މި ބައްދަލުވުމިގައި ފުލުހުންގެ ހިދުމަތްތެރިންގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ސްޓްރެޓީޖިކް ލެވެލްގައި ފަންނީ އެހީތެެރިކަން ހޯދިދާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނު ކަމަށެވެ.
މި ބައްދަލުވުމިގައި މި ޚިދުމަތްތެރިންގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ސްޓްރެޓީޖކް ލެވެލްގައި ފަންނީ އެހީތެެރިކަން ހޯދިދާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނު.
— Maldives Police (@PoliceMv) March 26, 2024
މި ބައްދަލުވުމުގައި ކުރީގެ ޕޮލިސް ކޮމިޝަނަރުން އަދި ޑެޕިއުޓީ ކޮމިޝަނަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.