ރޭ ހުޅުމާލެ ފޭސް2 ގައި އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުވާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
އަންހެން ކުއްޖަކަށް ފުލުހުން އަނިޔާކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ވާހަކަ ހިއްސާ ކުރެއްވީ އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ)އެވެ.
މޫކޭ ކުރި ޕޯސްޓުގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ފުލުހުން އަނިޔާކުރި މައްސަލައެއްގައި ބައެއް މީހުން ނުރުހުން ފާޅުކުރަމުން ގެންދާ ކަމަށެވެ. އަދި އެކަމުގައި ފުލުހުން ހެކި ނައްތާލުމަށް މަސައްކަތްކުރާ ކަމަށްވެސް މޫކޭ ތުހުމަތު ކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް2 ގައި ގާއިމުކޮށްފައިހުރި ވެހިކަލް ޗެކް ޕޮއިންޓަކާއި އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުންގައިން ނައްޓާ ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ކަމަށެވެ.
"ސައިކަލްދުއްވާފައިވަނީ ލައިސަންސް ނެތް ފަރާތެއް އަދި ހުޅުމާލެ ހޮސްޕިޓަލުން އަނިޔާވިފަރާތްތަކަށް ފަރުވާ ރޭގައި ދެވުނު." ޝިފާން ވިދާޅުވިއެވެ.
މިއީ ރޭގެ 22:05 ހަާއިރު ފުލުހުން ހުޅުމާލެ ފޭސް 2 ގައި ޤާއިމްކޮށްފައިހުރި ވެހިކަލް ޗެކް ޕޮއިންޓަކާއި އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުންގައިން ނައްޓާ ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ހިނގާފައިވާ ހާދިސާއެއް.… https://t.co/OCzKo4880v
— Ahmed Shifan (@Shifan4040) March 26, 2024