ތިލަމާލެެ ބްރިޖް މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ދެމެދުގައި އޮންނަ ކަނޑުއޮޅިން ދަތުރު ނުކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީން އަނެއްކާވެސް އިލްތިމާސް ކޮށްފިއެވެ.
އެ މިނިސްޓްރީން ވަނީ، ބްރިޖް މަސައްކަތަށް މާލެ ވިލިމާލެ އަދި ވިލިމާލެ ގުޅިފަޅު ކަނޑުއޮޅިތަކަކީ ބަންދުކޮށްފައިވާ ކަނޑުއޮޅިތަކެއްކަން ފާހަގަކޮށްފައެވެ. އަދި ރައްކާތެރިކަމަށްޓަކައި އެ ދެ ކަނޑުއޮޅިން އުޅަނދު ނުދުއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެކުރިންވެސް އެ ސަރަހައްދުން ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. އެގޮތުން ޓްރާންސްޕޯޓުން ނެރުނު އިއުލާނެއްގައި މީގެކުރިން ބުނެފައިވަނީ މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށްނުވާތީ މާލެއާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށެވެ.
ޓްރާންސްޕޯޓުން މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދުގެ ދަށުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެ ފިނަމަ އެ ފަރާތެއްގެ ލައިސަންސް މަސްދުވަހަށް ހިފެހެއްޓޭނެ ކަމަށެވެ.