ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން މިއަހަރު އައްޑޫގައި ބާއްވާ ފޯރަމް މިރޭ ހައިސްކޫލުގެ ބާއްވަން ނިންމައިފިއެވެ.
މި ރޭ އައްޑޫ ހައިސްކޫލުގެ ހޯލުގައި ބާއްވާ ފޯރަމަކީ އިސްލާމިކް މިނިސްޓްރީ އަދި އައްޑޫސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެކެވެ. މިރޭގެ އިޙްޔާ ފޯރަމުގައި ދަރުސް ދެއްވާނީ އައްޝައިޙް މުހައްމަދު ސިނާން އެވެ. ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ މައުޟޫޢުއަކީ "ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް" އެވެ. ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:45 ގައެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން އައްޑޫސިޓީގައި ބޭއްވޭ އިޙްޔާ ފޯރަމް 27 މާރިޗު 2024 ގައި އައްޑޫހައި ސްކޫލް ހޯލުގައި އޮންނާނެ. މި ފޯރަމްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުން އަގުހުރި އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައި. pic.twitter.com/dm073NsGD9
— Addu City Council (@AdduCityCouncil) March 26, 2024
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ އިޙްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައިވެސް ބޮޑު އިނާމުގެ ގުރުއަތު ނަގާނެއެވެ. މާލެއާއި އަތޮޅުތަކުގައި ބާއްވާ ފޯރަމުގައި ވަކިން ނަގާ ގުރުއަތުގެ ތެރެއިން އެއްވަނަ އަށް ދާ ފަރާތަކަށް ޢުމްރާ ދަތުރެއް ދޭނެއެވެ. ދެވަނަ އަށް ދާ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް 24 ފޯނެއް ލިބޭއިރު، 3 ވަނަ އަށް ހޮވޭ ފަރާތަކަށް ސޯފާ ސެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރު އަތޮޅުތަކުގައި ކުރިއަށްގެންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ރޭ ފުވައްމުލަކު ސިޓީގައި ފޯރަމެއް ބާއްވާފައިވާއިރު، ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ފޯރަމެއް ކުރިއަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.