ބޭންކްތަކަށް މި އަހަރު ޑޮލަރު ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ދައުލަތުގެ ކޭޝްފްލޯ އާ ގުޅޭގޮތުން މަރުކަޒީގެ ބޭންކްގެ އިސްވެރިންތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ ހާޒިރުކޮށް ކުރި ސުވާލުތަކާ ގުޅިގެން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ މިދިޔަ އަހަރަށް ވުރެ މިދިޔަ އަހަރު ކޮމާޝަލް ބޭންކްތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުވާނެ ކަމަށސެވެ.
އިއްޔެގެ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ކުރިން ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ގަންނަން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) އިން 25 ޕަސަންޓަށް ޑޮލަރު ދޫކުރާ ކަމަށާއި ނަމަވެސް، މި ފަހުން އެ އަދަދު ދަށްކޮށްފަ އިވަނީ ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ހިފެހެއްޓުމުންތޯ ޝަރީފް އައްސަވައިފަ އެވެ.
އޭހެ ޖަވާބުގައިއިމާދު ވިދާޅުވީ ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާާގެ އަދަދު ނޫނީ އެމްއެމްއޭގެ އިންޓަވެންޝަން މަދުކޮށްފައި ނުވާނެ ކަމަށެވެ.
"އިތުރު ބަދަލުތަކެއް ނުގެނެވޭ. އެކަމަކު އެ ބޭފުޅުން [ބީއެމްއެލް] ގެ ބިޒްނަސް އޮޕަރޭޝަންތަކަށް ގެނެވިގެން އުޅޭ ބަދަލުތަކެއް ކަމަށް ފާހަގަ ކުރެވެނީ،" އޭނަ ވިދާޅުވި އެވެ. "ނަމަވެސް އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ އަދަދު ދެހާސް ތޭވީސް ވަނަ ވަނަ އަހަރަށް ވުރެ މި އަހަރު ދޫކުރާ އަދަދު އިތުރު ވާނ."
އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރު އިދްހާމް ހުސެއިން ވިދާޅުވީ މިދިޔަ އަހަރު ގާތްގަނޑަކަށް 260 މިލިއަން ޑޮލަރު ބޭންކުތަކަށް ދޫކޮށްފައިވާ ކަމަށެވެ. އަދި މި އަހަރު އެ އަދަދު 314 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.