ކުރިއަށް އޮތް ދިރާސީ އާ އަހަރަށް އައްޑޫ ފޭދޫ ސްކޫލަށް ދަރިވަރުން ވައްދަން އެ ސްކޫލުން ހުޅުވާލައިފި އެވެ.
އެ ސްކޫލުން ބުނީ ފައުންޑޭޝަނުން ފެށިގެން ގްރޭޑް 10 އާ ހަމައަށް 2024-2025 އަށް ދަރިވަރުން ވައްދަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެހެންވެ މިކަމަށް ޝައުވެރިވާ ފަރާތްތަކުން އަންނަ މެއި މަހުގެ 20 ގެ ކުރިން ހުށަހެޅުމަށް އެދިފައިވެ އެވެ. ފޭދޫ ސްކޫލުން ދަރިވަރުން ވައްދަން އެދޭ ފޯމް އޮންލައިން ހުށަހަޅޭނެ ކަމަށެވެ.
ފޭދޫ ސްކޫލަކީ ކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ. އަދި މިއީ ފޭދޫގައި ހުރި ހަމައެކަނި ސްކޫލް ވެސް މެ އެވެ.
ފޭދޫ ސްކޫލަކީ މީގެ 52 އަހަރު ކުރިން ހުޅުވި ސްކޫލެކެވެ.