ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ
ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އެ އެލާޓް ނެރެފައި ވަނީ މެންދުރު ފަހު 1:30 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ އެންމެ ދެކުނަށް ވާރޭ ނުވެހާތާ ގިނަ ދުވަސްތަކެއް ފަހުން ވިއްސާރަވާން ފެށީ ރެއިން ފެށިގެންނެވެ.