ހުޅުމާލޭގައި ނަސާރާ ދީނުގެ ކާޑުތަކެއް ބެހި މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީންގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު އެ ދެ މީހުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ މެއިލް ބޮކްސްތަކަަށް ބައިބަލްގެ ދިވެހި ތަރުޖަމާ ބެލޭނެ ލިންކު ކާޑުތަކެއް އަޅައިފަ އެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެ ދެ މީހުންނަކީ ޖަރުމަނުން ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ންކަމަށެވެ.
މީގެ ކުރިން ވެސް ޢައިރު ދީންތަކުގެ މީހުން އެފަދަ ދީންތައް ރާއްޖޭގައ ފަތުރަން ތަފާތު ގޮތްގޮތަށް މަސައްކަތްކޮށްފައިވެ އެވެ.