ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވާތީ އެ މުއްދަތުގެ ތެރޭގައި އިމަޖެންސީކޮށް އައިޑީކާޑު ހެއްދުމަށް ބޭނުންވާ މީހުންނަށް އެކަމަށް ޚާއްސަ ހޮޓްލައިނެއް ގާއިމުކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން މިއަދު ބުނީ ސަރުކާރު ބަންދު ދުވަސްތަކުގައި އިމަޖެންސީކޮށް އައިޑީކާޑު ހެއްދުމަށް ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ 7280368 ނަންބަރަށް ގުޅުމުން އެކަމުގެ އިންތިޒާމްތައް ހަމަޖެހޭނެ ކަމަށެވެ.
During this public holiday period, the Department of National Registration is here to assist with emergency ID card needs. For help, please reach out to 7280368.
— Department of National Registration (@dnrmaldives) March 30, 2024
ޑީއެންއާރް އިން މިހާރު ވަނީ ރޯދަމަހު ފަހު 10 ގައި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ދޭނެ ގަޑިތަކާއި ދުވަސްތަކުގެ މައުލޫމާތު ވެސް އާންމުކޮށްފަ އެވެ. ރޯދަ މަހު ފަހު 10 ގައި އައިޑީ ކާޑު ދޫކުރާނީ އަންނަ މަހުގެ 1 އާއި 3 ވަނަ ދުވަހުގެ އިތުރުން 8 ވަނަ ދުވަހު އެވެ. އެ ދުވަސްތަކުގައި ހިދުމަތް ދޭނީ ހެނދުނު 9:15 އިން 11:30 އަށެވެ. އަދި ދޫކުރާނީ 150 ނަންބަރެވެ.