މަނީ ޓްރާންސްފަރ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާރޗަންޓުން އަންބްލޮކްކޮށް މުއާމަލާތްކުރެވޭގޮތް ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން މިގޮތަށް ހަމަޖައްސާފައިވަނީ މިއަދުއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ މި ބަދަލާއެކު، ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
މި ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލުމާތުދެއެވެ.
މިއަދު ގެނެވުނު ބަދަލާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވީ، މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭ ހިނދު، އެފާރަތްތަކަށް އެހީތެރިވުމުގެ މުހިންމުކަމަށް ބަލައި ގެނެވުނު ބަދަލެއް ކަމަށެވެ.
"އަދި ހަމައެހެންމެ މިއީ ބޭންކިންގ އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްވެސްމެ." ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.
Good news! For a better banking experience, today we have enabled transactions on selected money transfer platforms and digital wallets. pic.twitter.com/Ao6EOxOEIq
— Bank of Maldives (@bankofmaldives) March 31, 2024