Last Updated: January 11, 06:30
Saturday, January 11, 2025
ދުނިޔެ

ނޫސްވެރިން ވައްކަންކުރާ ކަމަށް ތުހުމަތުކޮށްފި!

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ރަސްމީ މަތިންދާބޯޓް އެއާ ފޯސް ވަން އިން ނޫސްވެރިންތަކެއްކޮށް ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެކަން ނުކުރަން ވައިޓް ހައުސް އިން އިލްތިމާސްކޮށްފި އެވެ.

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން ނޫސްވެރިންނަށަށް ފޮނުވި މެއިލްތަކެއްގައި ބުނެފައި ވަނީ ބައިޑެން ނޫސްވެރިންތަކެއް ގޮވައިގެން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ވެސްޓް ކޯސްޓަށް ކުރި ދަތުރަށް ފަހު ބޯޓުން ބައެއް ސުވެނިއާތައް ގެއްލިފައިވާ ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަގުބޮޑު ބާލީސްއުރަ އާއި ބިއްލޫރިތައްޓާއި ރަނުން އަތްކަން އަޅާފައިވާ ކާތަށި ފަދަ ތަކެތި ހިމެނޭނެ ކަމަށް ބުންޏެވެ.

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން ބުނީ އެއާ ފޯސް ވަން އިން ވައްކަންކޮށްފައިކަން ފާހަގަ ކުރެވުނީ ދާދި ފަހުން ހެދި އިންވެންޓްރީ ޗެކިންއެއްގައި ކަމަށާއި ތަކެތި ގެއްލުނީ ބޯޓްގެ ފްރެސް ސެކްޝަނުން ކަމަށެވެ. އަދި މެއިލްގައި ބުނެފައި ވަނީ މީގެ ކުރިން ވެސް ބޯޓުން، އެއާ ފޯސް ލޯގޯ ޖެހި ތަކެތި ވަގަށް ނެގުމުގެ މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކަޓްލެރާއި ތުވާލި ފަދަ ތަކެތި ހިމެނޭ ކަމަށް ބުންޏެވެ.

ނޫސްވެރިން ގޮވައިގެން ބައިޑެން އެއާ ފޯސް ވަންގައި ކުރައްވާ ދަތުރުތަކުގައި ބައެއް ފަހަރު ސުވެނިއާ ހަދިޔާއެއްގެ ގޮތުގައި ލޯގޯ ޖެހި އެމްއެންޑްއެމްގެ ޗޮކްލެޓް ދެ އެވެ.