އައްޑޫ ހުޅުމީދޫ ފުލުހުން މި ފަހަރު ވެސް ރޯދަ ހަދިޔާ ބަހައިފި އެވެ.
ފުލުހުން ބުނީ މި ހަރަކާތުގެ ތެރެއިން ހުޅުދު އާއި މީދޫގެ ޖުމްލަ 60 ގެއަކަށް ޒިޔާރަތްކޮށް ހަދިޔާ ދީފައިވާ ކަމަށެވެ. މި ރޯދަ ހަދިޔާ އަކީ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ ހެޔޮ އެދުންތަކާއި ޖޮއިންޓް އެޖެންސީ ގްރޫޕްގައި ހިމެނޭ ބައެއް ފަރާތްތަކާއި ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަމާ އެކު ފޯރުކޮށް ދީފައިވާ ހަދިޔާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރީ އަހަރުތަކުގައި ވެސް ހުޅުމީދޫ ފުލުހުން ހުޅުދު އާއި މީދޫގެ ރައްޔިތުންނަށް ރޯދަ ހަދިޔާ ދީފައިވެ އެވެ.