މި އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނަން ހުށަހެޅުމުގެ ފުރުސަތު ސްޕޯޓްސް މިނިސްޓްރީން ހުޅުވާލައިފި އެވެ.
މިއީ އެކި ކުޅިވަރުތަކުން ރާއްޖެ އާއި ރާއްޖެ އިން ބޭރުން ހޯދާފައިވާ ކާމިޔާބީތަކާއޮ ކޮށްފައުވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ އެވޯޑެކެވެ.
އެވޯޑަށް ނަން ހުށަހެޅޭނެ ދާއިރާތައް:
* ސްޕޯޓްސްމަން/ސްޕޯޓްސްމުވަން އޮފް ދަ އިޔާ އެވޯޑް
* ޕެރަ ސްޕޯޓްސްމަން/ޕެރާ ސްޕޯޓްސްވުމަން އޮފް ދަ އިޔާ އެވޯޑް (އަންހެން/ފިރިހެން)
* ސްޕޯޓްސް ޖާނަލިސްޓް އޮފް ދަ އިޔާ އެވޯޑް
* މީޑިއާ އޮފް ދަ އިޔާ އެވޯޑް (އޮންލައިން/ބްރޯޑްކާސްޓިން)
* ސްޕޯޓްސް މެޑިކް އޮފް ދަ އިޔާ އެވޯޑް
* ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް (އަންހެން/ފިރިހެން)
* ކޯޗް އޮފް ދަ އިޔާ އެވޯޑް (އަންހެން/ފިރިހެން)
* ޔަންގް ސްޕޯޓްސްމަން/ޔަންގް ސްޕޯޓްސްވުމަން އޮފް ދަ އިޔާ އެވޯޑް (އަންހެން/ފިރިހެން)
* ސްޕޯޓްސް ވިޒުއަލް އާޓިސްޓް އޮފް ދަ އިޔާ އެވޯޑް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ދޭން ފެށީ 2022 ގަ އެވެ. އަދި މިއީ މިހާރު ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ހަފުލާ އެވެ.