އޮފީހަކުން 800،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން އާއްމުކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ނިންމާފައި ވަނީ އަހުމަދު މ. ސިލްވަ ބީޗް އަސްއަދު، 34، އަށެވެ.
މި މައްސަލައިގައި އައްސަަދު، އަމިއްލަ އަށް އައްޔަންކޮށްފައިވާ ވަކީލު އޭނަ ދޫކޮށްލާފައިވާ ކަމަށާއި ދައުލަތުގެ ފަރާތުން ވަކީލަކަށް އެދިފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ނަމަވެސް ވައްކަން ކޮށްފައި ވަނީ ކޮން އޮފީހަކުން ކަމެއް ކޯޓު ސާފެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުން ވަނީ އައްސަދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.