އައްޑޫ ހަންކެޑެ ތަރައްގީ ކުރަން ކުރީގެ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިނުކުރާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ފައިސަލް ރައްދު ދެއްވައިފި އެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ނިންމާފައިވާ ހަންކެޑެއާ ބެހޭ ގޮތުން މީޑިއާއަކުން ފެތުރި ވާހަކަތަކާ ގުޅިގެން ފައްޔާޒް އެކްސްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަނަށެވެ. އަދި ހަންކެޑެއިގެ އީޕީސީ ކޮންޓްރެކްޓް ސޮއިކުރެވި ބޭންކާ އެކީ ލޯން އެގްރީމަންޓްގައި ވެސް ސޮއިކޮށްފައިވާ ކަމަށެވެ.
ްްMy bad. Actually that’s true. No agreement was signed with MMPRC. Neither an MoU. Mou and EPC and Loan agreement was signed with MFMC. 😀 https://t.co/TBkOZwWaxh
— Fayyaz Ismail (@faya_i) April 7, 2024
ހަންކެޑެ ތަރައްގީ ކުރަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގަ އެވެ. އެތަން ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.
މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ.
Today we signed the EPC contract for Hankede Integrated Tourism Development Project between Maldives Fund Management Corporation (MFMC) and China National Electrical Engineering Company (CNEEC).
(1/2) pic.twitter.com/fKal2KHV8N
— Maldives Fund Management Corporation (@mfmc_mv) March 30, 2023
މި މަޝްރޫއާ ގުޅޭ ގޮތުން ފެތުރި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި ފައްޔާޒް ވިދާޅުވީ ހަންކެޑެ ތަރައްގީ އެމްއެމްޕީއާރްސީއާ އެކީ ސޮއެއް ނުކުރާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ލޯން އެއްބަސްވުމުގައި ސޮއިކުރީ އެމްއެފްއެމްސީން ކަމަށް ވިދާޅުވި އެވެ.
މި މަޝްރޫގެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތް ނަމަވެސް އެ މަސައްކަތް ނުފެށި ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި ފައްޔާޒް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ މަޝްރޫއު އަވަހަށް ފައްޓަވައި ދެއްވުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ. އަދި މީގެ ސަބަބުން އައްޑޫގެ އިގުތިސާދު ހިނގައިގަންނާނެ ކަމަށް ވިދާޅުވި އެވެ.