Last Updated: September 8, 03:07
Saturday, September 7, 2024
ޚަބަރު

މިރޭ ރާއްޖެއަށް ހަނދު ނުފެންނާނެ: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

މިރޭ ރާއްޖެއަށް ޝައްވާލު މަހުގެ ހަނދު ނުފެންނާނެ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށެވެ. އަދި މާދަމާ ވެގެންދާނީ ރޯދަ މަހުގެ 30 ވަނަ ދުވަހަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ކަލަންޑަރު ބުނާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 10 ވަނަ ދުވަހެވެ.

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ 8:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ އެވެ. ހަނދާ ބެހޭ ގޮތުން ނިންމާ ނިންމުން ޓީވީ އާއި ރޭޑިއޯ އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރާނެ އެވެ.