ރާއްޖެ އެތެރެކުރަން އުޅުނު 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ ތިން މަސްދުވަހުގެ ތެރޭގައިން އެ އިދާރާއިން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ މައުލޫމާތު ހާމަކޮށްފައެވެ.
އެގޮތުން 1 ޖަނަވަރީ 2024 އިން 31 މާރިޗް 2024 ގެ ނިޔަލަށް، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް 13.92 ކިލޯގެ ޑްރަގްސް ހިފަހައްޓާފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 5.3 ކިލޯގެ ހެރޮއިން، 1.1 ކިލޯގެ އެމްޑީއެމްއޭ އަދި 570 ގްރާމުގެ މެތް ހިމެނެއެވެ.
1 ޖަނަވަރީ 2024 އިން 31 މާރިޗް 2024 ގެ ނިޔަލަށް، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ މަސްތުވާތަކެތީގެ ތަފާސްހިސާބު. pic.twitter.com/lysd4LclBI
— Maldives Customs Service (@CustomsMv) April 9, 2024
ވައިގެމަގުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ އެތަކެތި ފުލުހުންނާ ހަވާލު ކުރެއެވެ. މިގޮތުން އެންމެ ފަހުން މަސްތުވާތަކެތި އަތުލައިގަނެފައިވަނީ 12 މާރިޗު ގައި ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖުންނެވެ. އެފަހަރު 5.30 ކިލޯގެ ހެރޮއިން އަތުލައިގަނެފައިވެއެވެ.