އީދުގެ މުނާސަބަތުގައި މާލޭގައި މިރޭ ހަވާ އެރުވުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 22:00 ގައި ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދާ ދިމާލު ކަނޑު މަތީގައެވެ.
މިއަހަރުގެ އީދު ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން ސިޓީތަކާއި ވެރިކަންކުރާ ރަށްރަށުގައި އީދު އަލި ވަނީ ދިއްލާފައެވެ.