ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ރައީސް ސޯލިހް އައްޑޫސިޓީއަށް ވަޑައިގެންފައިވާއިރު އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ރައީސް ސޯލިހް އައްޑޫސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
— MDP Secretariat (@MDPSecretariat) April 11, 2024
ރައީސް ސޯލިހް އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިއްޔެ ކެމްޕޭންގައި ހަރަކާތްތެރިވެފައިވަނީ ފުވައްމުލައްސިޓީގައެވެ.
ރައީސް ސޯލިހް އައްޑުއަށް ވަޑައިގެންފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މާދަމާ އައްޑުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 21 ވަނަ ދުވަހުއެވެ. 20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.