ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.
ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އެލާޓް ނެރެފައި ވަނީ މެންދުރު ފަހު 2:15 އިން ފެށިގެން މިރޭ 8:00 އާ ހަމައަށެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނީ އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯހެވެ.