ފިތުރު އީދަށް ދިއްލަން ރަށްރަށަށް ފޮނުވި ލައިޓުތައް ކައުންސިލްތަކުގެ މުދަލުގެ ގޮތުގައި ކަނޑައަޅަން ނިންމައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އީދަށް ފޮނުވި ލައިޓުތައް ކައުންސިލްތަކުގެ މުދަލުގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމާ އެކީ އިދާރީ މަސައްކަތްތައް ފަށާނެ ކަމަށެވެ. އެގޮތުން ފޮނުވި ތަކެތީގެ ފުރިހަމަ ލިސްޓާއި އެ ތަކެތީގެ މިލްކުވެރިކަން ބަދަލުކުުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު މިނިސްޓްރީން ހިއްސާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ކައުންސިލްތަކުގެ އިންވެންޓަރީގައި އެތަކެތި ހިމެނުމަަށްފަހު ގައުމީ/އިޖުތިމާއީ ކަންކަމުގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ." މިނިސްޓަރު ވިދާޅުވި އެވެ.
"އީދު އަލި" ގެ ނަމުގައި އިސްލާމީ ސަގާފަތާ އެއްގޮތަށް ފިތުރު އީދު ފާހަގަކުރަން ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލްތަކުގެ ވެރިކަން ކުރާ ރަށްތައް ކުލަބޮކިތަނުން ދިއްލި އެވެ. އެކަން ކުރީ މިނިސްޓްރީން ފޯރުކޮށްދިން ތަކެތިންނެވެ.