ފ. ނިލަންދޫގައި އަޅާ ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 42.6 ހެކްޓަރުގެ ބިން ހިއްކުމާއި ދެ ކިލޯމީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓާއި 1.4 ކިލޯމީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނޭ ގޮތަށެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ނަމަވެސް މި މަސައްކަތް ހަވާލުކުރި އަގެއް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
ނިލަންދޫ އެއާޕޯޓްގެ އަޅަން ބިން ހިއްކަން ފެށި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ގެންދަވަނީ އެ ދާއިރާގެ މަޖިލިސް ގޮނޑި އަށް ކެމްޕޭން ކުރަމުންނެވެ.