1. (اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ)
މާނައީ:“އޭ ﷲއެވެ! އޭ އަޅަމެން ހައްދަވައިބޮޑުކުރެއްވި އިލާހެވެ! އަޅަމެންނަށް ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން ދެއްވާނދޭވެ! އަދި ނަރަކައިގެ އަޒާބުން އަޅަމެން ދިންނަވާނދޭވެ!“
(މި ދުޢާ އަކީ އެކަލޭގެފާނު އެންމެ ގިނައިން ކުރައްވަވާ ދުޢާކަމަށް ބުޚާރީއާއި މުސްލިމްގައި އައިސްފައިވެއެވެ.)
2. (اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى)
(އޭ ހައްދަވައިބޮޑުކުރެއްވި އިލާހެވެ! މިއަޅާއަށް ހިދާޔަތާއި، ތަޤްވާވެރިކަމާއި، ޢިއްފަތްތެރިކަމާއި، ފުދުންތެރިކަން ދެއްވުން އެދި އިބައިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ.)
(މިދުޢާ އައިސްފައިވަނީ ޞަޙީޙް މުސްލިމްގައެވެ.)
3. (اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ)
އޭ ހައްދަވައިބޮޑުކުރެއްވި އިލާހެވެ! މިއަޅާއަށް ކުރެވިފައިވާ ޢަމަލުތަކުގެ ނުބައިކަމުންނާއި މިއަޅާއަށް ކުރެވިފައިނުވާ ޢަމަލުތަކުގެ ނުބައިކަމުން އިބައިލާހުގެ ޙަޟްރަތުން މި އަޅާ ރައްކާތެރިކަމަށް އެދި ދަންނަވަމެވެ.
(މިދުޢާ ޞަޙީޙް މުސްލިމްގައި އައިސްފައިވެއެވެ.)
4. (اللَّهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ)
އޭ ހައްދަވައިބޮޑުކުރެއްވި އިލާހެވެ! ހިތްތައް އެފުށްމިފުށަށް ފުރޮޅުއްވާ އިލާހެވެ! އަޅަމެންގެ ހިތްތައް އިބައިލާހަށް ކިޔަމަންތެރިވުމަށް ފުރޮޅުއްވާނދޭވެ!
(މިދުޢާވެސް ޞަޙީޙް މުސްލިމްގައި އައިސްފައިވެއެވެ.)
5. (اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ فِتْنَةِ النَّارِ وَمِنْ عَذَابِ النَّارِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْقَبْرِ، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْغِنَى، وَأَعُوذُ بِكَ مِنْ فِتْنَةِالْفَقْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ)
”އަޅުގެ ވެރިއިލާހެވެ! ނަރަކައިގެ ފިތުނައިންނާއި ނަރަކައިގެ ޢަޛާބުން އިބައިލާހުގެ ޙަޟްރަތުން މި އަޅާ ރައްކާތެރިކަން އެދެމެވެ. އަދި ޤަބުރުގެ ފިތުނައިން އިބައިލާހުގެ ޙަޟްރަތުން މި އަޅާ ރައްކާތެރިކަން އެދެމެވެ. ޤަބުރުގެ ޢަޛާބުން އިބައިލާހުގެ ޙަޟްރަތުން މި އަޅާ ރައްކާތެރިކަން އެދެމެވެ. އަދި މުއްސަނދިކަމުގެ ފިތުނައިން އިބައިލާހުގެ ޙަޟްރަތުން މި އަޅާ ރައްކާތެރިކަން އެދެމެވެ. އަދި ފަޤީރުކަމުގެ ފިތުނައިން އިބައިލާހުގެ ޙަޟްރަތުން މި އަޅާ ރައްކާތެރިކަން އެދެމެވެ. އަދި މަސީހުއް ދައްޖާލުގެ ފިތުނައިން އިބައިލާހުގެ ޙަޟްރަތުން މި އަޅާ ރައްކާތެރިކަން އެދެމެވެ.“
(މިދުޢާ ޞަޙީޙުލް ބުޚާރީގައި އައިސްފައިވެއެވެ.)
6. (اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ وَمِنْ قَلْبٍ لاَ يَخْشَعُ وَمِنْ نَفْسٍ لاَ تَشْبَعُ وَمِنْ دَعْوَةٍ لاَ يُسْتَجَابُ لَهَا)
”އަޅުގެ ވެރިއިލާހެވެ! ފައިދާ ނުކުރާ ޢިލްމާއި، އިބައިލާހަށް ބިރުވެތިނުވާ ހިތާއި، ފުދުންތެރި ނުވާ ނަފްސާއި، އިޖާބަ ނުކުރެއްވޭ ދުޢާއިން އިބައިލާހުގެ ޙަޟްރަތުން މި އަޅާ ރައްކާތެރިކަން އެދެމެވެ.“
(މިދުޢާ ޞަޙީޙް މުސްލިމްގައި އައިސްފައިވެއެވެ.)
7. اللَّهُمَّ إِنِّيْ أَسْأَلُكَ الْجَنَّةَ، وَأَعُوذُ بِكَ مِنَ النَّارِ
“އޭ الله! ހަމަކަށަވަރުން މިއަޅާ ސުވަރުގެ ދެއްވުންއެދި އިބައިލާހުއަށް ދަންނަވަމެވެ. އަދި ނަރަަކައިން ރައްކާތެރިކޮށްދެއްވުންއެދި އިބަ އިލާހުއަށް ދަންނަވަމެވެ.“
(ޞަޙީޙް އިބްނު ޙިއްބާން 868)
8. اللَّهُمَّ اغْفِرْ لي ذَنْبِي كُلَّهُ دِقَّهُ، وجِلَّهُ، وأَوَّلَهُ وآخِرَهُ وعَلانِيَتَهُ وسِرَّهُ
“އޭ الله! މި އަޅާގެ އެންމެހާ ފާފަތައް ފުއްސަވާނދޭވެ! ކުދި ފާފަތަކާއި ބޮޑެތި ފާފަތަކެވެ. އެންމެ ފުރަތަމަ ކުރެވުނު ފާފަތަކާއި އެންމެ ފަހުން ކުރެވުނު ފާފަތައްވެސް މެއެވެ. ފާޅުގައި ކުރެވުނު ފާފަތަކާއި ސިއްރުން ކުރެވުނު ފާފަތައްވެސް މެއެވެ.”
(ޞަޙީޙް މުސްލިމް 483)
9. اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي، وَعَلِّمْنِي مَا يَنْفَعُنِي، وَزِدْنِي عِلْمًا
އޭ الله! އިބަ އިލާހު މިއަޅާއަށް އުނގަންނަވައިދެއްވި ތަކެތީގެ މަންފާ މިއަޅާއަށް ދެއްވާނދޭވެ! އަދި މިއަޅާއަށް މަންފާކުރަނިވި ޢިލްމު އުނގަންނަވައިދެއްވާނދޭވެ! އަދި މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!
(ސިލްސިލަތުއް ޞަޙީޙާ 8/429)
10. اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ ، وَالْحَزَنِ ، وَالْعَجْزِ ، وَالْكَسَلِ ، وَالْجُبْنِ ، وَالْبُخْلِ ، وَضَلَعِ الدَّيْنِ ، وَغَلَبَةِ الرِّجَالِ
މާނައީ: ” އޭ الله! ހަމަކަށަވަރުން މިއަޅާ ފިކުރުބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދިގެންވުމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކައުތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ.
(މި ދުޢާ ޞަޙީޙުލް ބުޚާރީގައި އައިސްފައިވެއެވެ.)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الدُّعَاءُ هُوَ الْعِبَادَةُ) ”އަޅުކަމަކީ ދުޢާއެވެ.“
(رواه أبو داود وغيره و صححه الألباني)
މަސްދަރު: އިލްމު.އެމްވީ