Last Updated: February 5, 20:23
Wednesday, February 5, 2025
ޚަބަރު

ޕީއެންއެފްގެ ކެމްޕޭނަށް ޔާމީން މާދަމާ ނިކުންނަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް މާދަމާ ޔާމީން ނިކުމެވަޑައިގަތުމަށް ނިންމަވައިފި އެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން މިރޭ ބާތިލުކުރުމުން ނޫސްވެރިން ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ޕީއެންއެފްގެ މަޖިލިސް ކެންޑިޑޭޓުން ރަށްރަށުގައި މަސައްކަތް ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި ކެންޑިޑޭޓުން ބޭނުންވާ ކަންކަން ޕާޓީގެ ފަރާތުން ވެސް ކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވެސް ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދޭން އެކި ފަރާތްތަކަށް ގުޅައި މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މާދަމާ ހަވީރުގެ ވަގުތެއްގައި ކެމްޕޭނަށް ރާއްޖޭގެ ބޮޑު އަތޮޅަކަށް ވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އަތޮޅެއް ކަމެއް ޔާމީން ވިދާޅެއް ނުވެ އެވެ.

ޔާމީންގެ ތާއީދާ އެކު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 40 ކެންޑިޑޭޓަކު އެކި ދާއިރާތަކަށް ވާދަކުރެ އެވެ.

މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.