Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ވީއައިއޭގެ ކަރަންޓު މައްސަލަ ހައްލުކުރަން ސްޓެލްކޯގެ އެހީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލްގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯގެ ޓެކްނިކަލް ޓީމަކުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ސްޓެލްކޯގެ ތަޖުރިބާކާރު ޓެކްނިކަލް ޓީމަކުން އެމްއޭސީއެލްގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ވަކި ދުވަހެއް، ވަކި ވަގުތެއް ނުބަލައި، ސްޓެލްކޯ ނޫން ފަރާތްތަކުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތަށް ވެސް މައްސަލައެއް ދިމާވާ މިފަދަ ކޮންމެ ފަހަރަކު ޚިދުމަތް ހޯދާ ރައްޔިތުންގެ ޙައްޤުގައި ސްޓެލްކޯގެ ހީވާގި މުވައްޒަފުން ވަރުބަލިކަމެއް ފޫހިކަމެއް ނެތި، ދައްކައިދެނީ ޤައުމީ ރޫޙާއި އިޚުލާސްތެރި ޚިދުމަތުގެ ދެވަނައެއް ނެތް މިސާލެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

އެކަމަށްޓަކައި ފަހުމީ ވަނީ ފަޚުރުވެރިކަމާއިއެކު ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ޝުކުރާއި އައްސަރިބަހާއި ސާބަސް ދަންނަވާފަ އެވެ.

ވީއައިއޭގެ ކަރަންޓުގެ މައްސަލަ އަށް މިއަދު ހެނދުން ފެށިގެން މައްސަލަތަކެއް ދިމާވެފައިވާއިރު، މީގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަންސްތަކަށް ވެސް ބުރޫ އަރާފައިވެ އެވެ.