މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު ވޯޓް ލައްވައިފި އެވެ.
އެ މަނިކުފާނު ވޯޓްލެއްވީ ތާޖުއްދީން ސްކޫލުގައި ހުރިވާ ވޯޓު ފޮށްޓަކަށެވެ.
ވޯޓު ލެއްވުމަށްފަހު ރައީސް ވަނީ ރައްޔިތުންނަށް ލިބިފައިވާ އިންތިޚާބީ ހައްޤު ވިހާވެ ސް އަވަހަށް ބޭނުންކޮށް ވޯޓުލުމުގެ ކަންކަން ނިންމަވާލެވުމަށް ވަނީ އިލްތިމާސް ވެސް ކުރައްވައިފަ އެވެ. މި އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި ގިނަ އަދަދެއްގެ މެންބަރުން ވާދަކުރާ އިރު، ރައީސް ވަނީ މަޖިލިސް ކެމްޕޭން ތެރޭގައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށްް ދޭން ގޮވާލައްވައިފަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ވެސް ކަށަވަރުވާނީ އޭރުން ކަމަށާއި އެކަން އެހެން ނުވެއްޖެ ނަމަ ތަރައްގީ ހުއްޓޭނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އުޅެނީ ސަރުކާރު ވައްޓާލަން ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.
ވޯޓްލާން ފެށީ ހެނދުނު 8:00 ގަ އެވެ. ވޯޓްލުން ހަވީރު 5:30 އާ ހަމައަށް ކުރިއަށް ދާނެ އެެވެ. ވިހި ވަނަ މަޖިލިސް އިންތިހާބުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.