އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވޯޓް ގަނެވިއްކުމުގެ މުއާމަލާތްތަކެއް ވެސް ހިންގާފައިވާތީ އިންތިހާބުގައި ފާހަގަކުރެވުނު ބޮޑެތި މައްސަލަތައް ބަލަން ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
އިންތިހާބު އޮބްޒާވްކުރުމަށް ފަހު އިދާރީ ކަންކަމާ ބެހޭ ގޮތުން އެތަނުން ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ބުނީ ގައި ބުނީ ވޯޓުގަތުމުގެ މައްސަލަ އާއި ސިޔާސީ ކަންކަމަށް ފައިސާ ހޯދުމާއި ހަރަދުކުރުމުގައި ދެފުށް ފެންނަ އުސޫލު ނެތުމުގެ މައްސަލައަށް އެޑްރެސްކުރަން ހުރިހާ ފަރާތްތަކަށް ގޮވައިލާ ކަމަށެވެ. އެގޮތުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަ އާއި ސިޔާސީ ކަންކަމުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ނެތުމުގެ މައްސަލަ ވެސް ބަލަން ޖެހޭ ކަމަށް ޓްރާންސްޕޭރަންސީން ބުންޏެވެ.
"މަޝްރޫއުތައް ފެށުން ހިމެނޭ ގޮތުން، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން ދިޔަތަން ކެމްޕެއިން ކުރުމުގެ މުއްދަތުގައި އަޅުގަނޑުމެންނަށް ފެންނަމުން ދިޔަ." ބަޔާނުގައި ބުންޏެވެ.
ޓްރާންސްޕޭރަންސީން ބުނީ އިންތިހާބުގެ އިދާރީ އިންތިޒާމުތައް ޖުމުލަކޮށް ރަނގަޅު ނަމަވެސް ފާއިތުވި ދުވަސްތަކުން ފެށިގެން ވޯޓަށް ނުފޫޒު ފޯރާނެ ފަދަ އެތައް ކަމެއް ކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން އެސްއޯއީތަކާއި މިނިސްތްރީތަކުން މިދިޔަ ދެ ދުވަހުގެ ބޮޑެތި މަޝްރޫއުތަކެއް އިއުލާންކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. ޓްރާންސްޕޭރެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ފާއިތުވި ސާޅީސްއަށް ގަޑިއިރު ތެރޭގައި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ވުޒާރާތަކުގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުތަކުން 680 މިލިއަން ރުފިޔާގެ ހަ ތަރައްގީގެ މަޝްރޫއުއެއް ހަވާލުކޮށްފައިވާކަން އިއުލާނު ކުރުން." ބަޔާނުގައި ބުންޏެވެ. އެވެ.
ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 70 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ.