އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީން ހޯދި ބޮޑު ކާމިޔާބީ ލ. އަތޮޅުގައި ފާހަގަކުރަން ހަވާ އަރުވަން ނިންމައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ލ. އަތޮޅަށް ނިސްބަތްވާ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވީ ލާމުން ގޮނޑި ކާމިޔާބުކުރެވުނު ތިން ދާއިރާގެ ހުރިހާ ރަށެއްގައި އުފާ ފާޅު ކުރުމުގެ ގޮތުން ހަވާ އަރުވާނެ ކަމަށެވެ. އެއީ އިސްދޫ, ގަން އަދި ފޮނަދޫ ދާއިރާ
މީގެ ތެރެއިން ފޮނަދު އަކީ މިނިސްޓަރުގެ ބައްޕަ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒު އަބްދުއްރަހީމް (އަދުރޭ) ކާމިޔާބު ކުރެއްވި ދާއިރާ އެވެ. އޭނަ ކުރިން ވެސް ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އެވެ.
ފައިސަލް ވިދާޅުވީ ލ. އަތޮޅުގެ ރަށްރަށުގައި ހަވާ އަރުވާނެ ތާރީޚެއް އަދި ކަނޑަނާޅާ ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އޭނަ ވިދާޅުވީ ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް ކާމިޔާބީ ފާހަގަކުރަން އިތުރު ހަރަކާތްތަކެއް ރާވަމުން އަންނަ ކަމަށެވެ. ދަނީ ރާވަމުންނެވެ.
ޕީއެންސީގެ ކާމިޔާބީ ފާހަގަކުރަން މިރޭ މާލޭގައި ޖަލްސާއއް ބާއްވަން ނިންމާފައިވާ އިރު، އޭގައި ވެސް ހަވާ އަރުވަން ހަގަޖެހިފައިވެ އެވެ.