ކުޅުދުއްފުށިސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް އެ ރަށަށް ދެ ޖަނަރޭޓަރު ގެންގޮސްފިއެވެ.
ފެނަކައިން ބުނެފައިވަނީ ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 600 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ދެ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެފައިވާ ކަމަށްވެސް ފެނަކައިން މައުލޫމާތުދެއެވެ.
ހދ.ކުޅުދުއްފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފޮނުވާ 600 ކވ ގެ 2 ޖަނަރޭޓަރ ރަށަށް ލިބި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ. #TeamFenaka pic.twitter.com/18P3hsdRYV
— Fenaka Corporation Ltd (@TeamFenaka) April 23, 2024
ކުޅުދުފުއްށިން ކަރަންޓް ކެނޑޭ މައްސަލަ ދިމާވާތާ މިހާރު މަހެއްހާ ދުވަސްވެއްޖެ އެވެ.
ފެނަކަ އިން ވަނީ މިދިޔަ ރޯދަ މަހު ކުޅުދުއްފުށީ ރައްޔިތުންނަށް ކަރަންޓް ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން ކުޅުދުއްފުށީ ރައްޔިތުންނަށް މި މަހުގެ ކަރަންޓް ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ވެސް ނިންމާފަ އެވެ.