އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ކުރަމުންދާ ހަނގުރާމަ އަށް 200 ދުވަސް ވެފައިވާއިރު، ގާޒާގެ 1.7 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން (ޔޫއެންއާރްޑަބްލިއުއޭ) ބުނެފި އެވެ.
ހަނގުރާމަ އަށް 200 ދުވަސް ވުމާ ދިމާކޮށް އެ އެޖެންސީން ނެރުނު ރިޕޯޓެއްގައި ބުނީ މުޅި ގާޒާ އިން ފެންނަނީ ވީރާނާވެފައިވާ މަންޒަރުތަކެއް ކަމަށާއި އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ގެދޮރު ދޫކޮށްދާން ޖެހުނު ގިނަ މީހުން ތަކުރާރުކޮށް އެކި ތަންތަނުން ފިލަން މަޖޫބުރުކޮށްފައިވާ ކަމަށެވެ. ގާޒާގައި އޮންނަނީ 2.4 މިލިއަން މީހުންގެ އާބާދީ އެކެވެ.
200 days into the war, destruction is everywhere in #Gaza. Damage to critical infrastructure is immense. Over a million people have lost their homes and 75% of the population has been displaced. It will take years to remove the debris.
A #ceasefire is the only remaining hope. pic.twitter.com/ltpAAvqkXC
— UNRWA (@UNRWA) April 23, 2024
ހަނގުރާމަ ފެށުނު ފަހުން އިޒްރޭލުން ސިއްހީ ހިދުމަތްދޭ 435 ތަނަކަށް ހަމަލާދީފައިވާ ކަމަށާއި ގާޒާގެ އުތުރުގެ ސަރަހައްދުތަކަށް އެހީގެ ތަކެތި ވެއްދުމަށް އިޒްރޭލުން ހުރަސް އަޅަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި މުޅި ގާޒާ އަށް ވެސް އެހީގެ ތަކެތި ވެއްދުމުގައި އިޒްރޭލުން ހުރަސްތަކެއް ކުރިމަތި ކުރަމުންދާ ކަމަށާއި ހަނގުރާމަ ފެށުނު ފަހުން އެ އެޖެންސީގެ 180 މުވައްޒަފަކު މަރާލާފައިވާ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 34،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.