މަސްތުވާތަކެތި ބެލެވޭ ބުލެޓުތަކެއް ދިރުވާލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނީ ދިވެހި ފިރިހެނަކަށް ކަމަށެވެ. އޭނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލެތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެންނެވެ. އޭނަ އަށް އައިޖީއެޗްގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އިތުރު ތަފުސީލެއް ފުލުހުންް ހާމައެެއް ނުކުރެ އެވެ.
ނަމަވެސް މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތީގެ ތެރޭގައި އުޅޭ ބައެއް މީހުން އެ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދަން ފޮރުވުމަށްޓަކައި ދިރުވާލައިގެން އުޅުމަކީ އާންމު ކަމެކެވެ.