ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަހީދު އިބްރާހިމް އައްޔަންކޮށްފި އެވެ.
އެ މަގާމަށް އޭނަ އައްޔަންކުރީ އިއްޔެ އެވެ.
މިއީ މި ސަރުކާރުން ވެމްކޯގެ ޑީއެމްޑީގެ މަގާމަށް އައްޔަންކުރި ދެވަނަ ބޭފުޅާ އެވެ. ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުލް ކަރީމަކީ ވެސް އެ ކުންފުނީގެ ޑީއެމްޑީއެކެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކީ މާލެ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލެވެ.