ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްގެން ތިލަފުށިން ބިން ވިއްކަން ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ތިލަފުށިން ބިން ވިއްކަން ހުޅުވާލާނީ ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށް ދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް ތިލަފުށިން ބިން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިވެހި ވިޔަފާރިވެރިންނަށް ތިލަފުށިން ބިން ގަތުމުގެ ފުރުސަތު މަގުފަހިކޮށްދިނުމަށް ކުރިއޮތްތާ ހުޅުވާލެވޭނެ. #އެޗްޑީސީއާއެކު pic.twitter.com/XdfvERtoRO
— Housing Development Corporation (@hdcmaldives) April 25, 2024
އެޗްޑީސީން ބުނީ ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިންތަކެއް ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ތިލަފުށީގައި ލޭންޑް ސެލްތަކެއް ހަދާނެ ކަމަށާއި އެ ބިންތައް ޚާއްސަ ކުރާނީ ހަމައެކަނި ދިވެހި ވިޔަފާރިވެރިންނަށް ކަމަށެވެ.